ކީލިއިދި ވަކަރު ތިޔަ ( ތިޔަ އިދިކީލި ވަކަރު )
ނީފިލާދެން ކޮށޭޅިޔަ ( ޅިޔަ ފިލާންދެން
ކޮށޭނީ )
ޑީނަށަ ވަމުން ވެގެންކިޔަ ( ވަޑީންނަށެ
ކިޔަމަންވެގެން )
ވީ ފޮރޮއަކުން ތޫނުމިޔަ ( މިޔަތޫނުވީ
ފޮރޮއަކުން )
ހީވި ނުކުބަސް ދޮގޭރާތި ( މި ބަސްދޮގޭ ހީނުކުރާތި )
ރީނޭ މޭސް ޅަފުރާތި ( ޅަފުރާ މޭސްތިރިންނޭ )
ދޭހަވާމާނަ: ކަމެއް އެންމެ ފުރިހަމަކޮށް ކުރެވޭނީ އެކަމުގެ ޤާބިލްކަން
ލިބިފައިވާ އަދި އެކަން ކުރާނޭ ވަސީލަތްތައް ހުރި މީހަކެށެވެ.
ދޫނުލިބުމުން ތުޅާ ( ތުޅާދޫ
ނުލިބުމުން )
ދޫވާށިތޯ ފަހެ ކިހާ ( ފަހެކިހާދޫ ވާށިތޯ )
ދޫމިލްކް ނުވިޔަސް ހިތާ ( ހިތާދޫ
މިލްކްނުވިޔަސް )
ދޫނިދޫވެސް ނެތީމާ ( ދޫނިދޫވެސް
ނެތިމާ )
ދޫގޮއި ގެޔޭ އުޅޭ ހިރުނު ( ގޮއިދޫ
ގޮޔާ ނުރުހިއުޅޭ )
ދޫމަތިމީހު ތާހިރުނު ( ދޫމަތި ނުތާހިރު މީހުން )
(ކަންޒުލް އަދަބު،މުޑަނަ ފޮތް،ރައިވަރު23،ޞަފްހާ152)
ދޭހިވާމާނަ:އަހުލާޤެއް ގޮތެއް ފޮތެއްނެތް މީހަކަށް، އޭނާ ބޭނުން އެއްވެސް
ކަމެއް ވާނެހެއްޔެވެ؟
ދޫތަކުންނެ މުޅަ ( މުޅަދޫ ކަތުންނޭވެ )
ދޫ އުފަންވީ ތެރަށް ފުޅަ ( ފުޅަދޫ
ތެރަށް އުފަންވީ )
ދޫނުވާ ދެއްވި ނަމަ ހުޅަ ( ހުޅަވާދޫ ނުދެއްވިނަމަ )
ދޫދެވާނަމޭ ގުޅަ ( ދެވާދޫ
ގުޅުވާނަމޭ )
ދޫދިގަވިފަޅު އިހަށް ގޮތަށް ( ދިގަދޫ އިހަށް ފަޅުވިގޮތަށް )
ދޫހަނިމާ ވާގޮތަށް ( ހަނިމާދޫ ވާގޮތަށް )
(ކަންޒުލް އަދަބު،މުޑަނަ ފޮތް،ރައިވަރު 24،ޞަފްހާ 152)
ދޭހަވާމާނަ: ތިބާހޭއަރާ ހުންނާށެވެ. މަބޭނުން ކަމެއް ނުކޮށް ދީފިނަމަ ކޮންމެ
ފަދަ ކަމެއްވެސް ކޮށްފާނަމެވެ.
1 comments :
ހުރިހާ މަސައްކަތެއް ހަމަވެއްޖެ
Post a Comment